250 އަށްވުރެ ގިނަ ބައިވެރިންނާއެކު ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ ޤުރްއާން މުބާރާތް މާދަމާ ފަށަނީ

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ ޤުރްއާން މުބާރާތް މާދަމާ ފެށުމަށް އަތޮޅު ކައުންސިލުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މި މުބާރާތް ކުރިއައް ދާނީ 02 ނޮވެމްބަރ އިން 04 ނޮވެމްބަރަށް ތިނަދޫ ސިޓީގައި ހުންނަ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ  ތިނަދޫ ކެމްޕަހުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ޤުރްއާން މުބާރާތުގެ މައިގަނޑު އަމާޒަކީ ޤައުމީ ފެންވަރުގައި ރަންވަނަތަކެއް އަތޮޅާއި ރަށަށް ހޯދައިދޭނެ ދަރިވަރުންތަކެއް ބިނާކުރުމެވެ.

މިއަހަރުގެ ޤުރްއާން މުބާރާތުގައި ސުކޫލް/މަދަރުސާތަކުން 170 ދަރިވަރުންނާއި އާއްމުންގެ ތެރެއިން 22 ފަރާތަކާއި ޤުރްއާން ކްލާސް އަދި ކްލަބް ޖަމްޢިއްޔާތަކުން 61 ފަރާތްތަކާއެކު ޖުމްލަ 253 ބައިވެރީން ބައިވެރިވެފައިވެއެވެ.