ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފި

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން “ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ޤުރްއާން މުބާރާތް 2023″ނަމުގައި ޤުރްއާން މުބާރާތެއް ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 02 ނޮވެމްބަރ އިން 04 ނޮވެމްބަރ 2023 ގައި ބޭއްވުމަށް ހަމަ ޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުވުމަށްފަހު އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދި މި ކައުންސިލް އިދާރާއަށް ފޯމު ހުށެހެޅުމަށް ވަނީ ހުޅުވާލެވިފައެވެ.

ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި އަތޮޅު ކައުންސިލްގެ ކައުންޓަރުން، ރަށު ކައުންސިލްތަކުން އަދި ތިނަދޫ ސިޓީ ކައުންސިލުން ލިބޭނެ ކަމަށާއި މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު އިދާރާގެ ވެބްސައިޓް gaafudhaalu.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
ކީރިތި ޤުރްއާން ކިޔެވުމަށް އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މުބާރާތަކީ ޤުރްއާނަށް ލޯބިޖައްސާ، ޤުރްއާނުގެ ޢިލްމަށް ޝަޢުގުވެރި މުޖުތަމަޢުއެއް ބިނާކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މި އަހަރުގައި ޤުރްއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ގައެވެ.