ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ ޤުރްއާން މުބާރާތުން ދެ ގޮފި އެއްކޮށް އެންމެ މޮޅު ދަރިވަރަކަށް، އަލް ޙާފިޡް އާހިލް މުހައްމަދު ޒާހިރު

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ޤުރްއާން މުބާރާތް 2023ގެ ދެ ގޮފި އެއްކޮށް އެންމެ މޮޅު ބައިވެރިޔާގެ މަޤާމް އަލް ޙާފިޡް އާހިލް މުޙައްމަދު ޒާހިރު ޙާޞިލްކޮށްފިއެވެ.

253 ދަރިވަރުންނާއެކު، ކުރިޔަށް ދިޔަ މި މުބާރާތް ނިންމުން ފާހަގަކުރުމަށް އެމް.އެން.ޔޫ ތިނަދޫ ސިޓީ ކެމްޕަސް ހޯލުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި މުބާރާތުގެ އެކި ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި އިނާމުތައް ވަނީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލްގެ ރައީސް އަލްފާޟިލް ހަސަން ފައިހަތު ޤުދުރަތުﷲ އެވެ.

2023 ވަނަ އަހަރުގެ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ޤުރްއާން މުބާރާތުގެ ދެ ގޮފި އެއްކޮށް އެއްވަނަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އަލް ޙާފިޡް އާހިލް މުޙައްމަދު ޒާހިރު ޙާޞިލްކޮށްފައިވާއިރު، މުބާރާތުގެ ދެވަނަ ޙާޞިލްކޮށްފައިވަނީ ހަމަ އެ ސްކޫލްގެ ދަރިވަރު ޒީކް އިބްރާހިމް ލުޠުފީއެވެ. އަދި މުބާރާތުގެ ތިންވަނަ ޙާޞިލްކޮށްފައިވަނީ ގދ. އަތޮޅު މަދަރުސާގެ ދަރިވަރު މަރްޔަމް އަމްނާ މުޙައްމަދު ޝަރީފްއެވެ.

މިފަހަރުގެ މުބާރާތުގައި މުޅި މުބާރާތުން 1 ވަނަ ސްކޫލް/މަދަރުސާއަކަށް ހޮވިފައިވަނީ ގދ. އަތޮޅު މަދަރުސާއެވެ. ދެވަނަޔަށް ތިނަދޫ ސްކޫލް ހޯދައިފައިވާއިރު ތިންވަނަޔަށް ހޮވިފައިވަނީ އަބޫބަކުރު ސްކޫލްއެވެ. 2022 ވަނަ އަހަރު މި މުބާރާތުގެ 1 ވަނަ ސްކޫލް/މަދަރުސާއަކަށް ތިނަދޫ ސްކޫލަށް ލިބުނުއެރު، ދެވަނަ ހާސިލްކޮށްފައިވަނީ އަބޫބަކުރު ސްކޫލުންނެވެ. އަދި ތިންވަނައަށް ހޮވޮފައިވަނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

މުބާރާތުގެ ކީ ސްޓޭޖްތަކުން ބަލައިގެން އަދި ނުބަލައި ވަނަ ވަނައަށް ދިޔަ ދަރިވަރުންނަށް ވަނީ ތައްޓާއި ފައިސާގެ އިނާމް އަދި ހަދާނީ ލިޔުން ހަވާލުކޮށްފައެވެ.

މުބާރާތުގެ ކީ ސްޓޭޖްތަކުން ހޮވިފައިވާ ވަނަތައް:

ފައުންޑޭޝަން ސްޓޭޖުން ބަލައިގެން ކިޔެވުމުގެ ގޮފިން

1ވަނަ 2 ވަނަ އަދި 3 ވަނަ ލިބޭވަރަށް އެއްވެސް ބައިވެރިޔަކަށް މާރކްސް ލިބިފައި ނުވޭ

ފައުންޑޭޝަން ސްޓޭޖުން ނުބަލައި ކިޔެވުމުގެ ގޮފިން

ވަނަ އަދި 2 ވަނަ ލިބޭވަރަށް އެއްވެސް ބައިވެރިޔަކަށް މާރކްސް ލިބިފައި ނުވޭ

3 ވަނަ – އާމިނަތު ޠޫބާ ޝާނިދު، ތިނަދޫ ސްކޫލް

ކީސްޓޭޖް 1 ބަލައިގެން ކިޔެވުމުގެ ގޮފިން

1 ވަނަ އަދި 3 ވަނަ ލިބޭވަރަށް އެއްވެސް ބައިވެރިޔަކަށް މާރކްސް ލިބިފައި ނުވޭ

2 ވަނަ އާމިނަތު މައީން އަޙްމަދު، ގދ. އަތޮޅު މަދަރުސާ

ކީސްޓޭޖް 1 ނުބަލައި ކިޔެވުމުގެ ގޮފިން

ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ އާމިނަތު ޝިއުރާ ނާފިޢު، އަބޫބަކުރު ސްކޫލް

ނުބަލައި ކިޔެވުމުގެ ގޮފިން 2 ވަނަ ފާޠިމަތު ނީމް ޝިފާޒް، ތިނަދޫ ސްކޫލް

ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ ޢާއިޝަތު ޒަކާ ބިންތި އާދަމް ސަމީރު، މަޑެވެލި ސްކޫލް

ކީސްޓޭޖް 2 ބަލައިގެން ކިޔެވުމުގެ ގޮފިން

ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ  މަރްޔަމް ރީޝް ރިޔާޙް، އަބޫބަކުރު ސްކޫލް

ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ އިސްމާޢީލް ޢާކިފް މުޙައްމަދު، އަބޫބަކުރު ސްކޫލް

ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ފާޠިމަތު ޢައިން މުޙައްމަދު ފަޒްމީން، ގދ އަތޮޅު މަދަރުސާ

ކީސްޓޭޖް 2 ނުބަލައި ކިޔެވުމުގެ ގޮފިން

ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ  ރާހިން ބިން މުޙައްމަދު، ހުވަދޫ ސްކޫލް

ނުބަލައި ކިޔެވުމުގެ ގޮފިން 2 ވަނަ ޙައްވާ އައިރީން އަމްޖަދު، ޢަބްދުލް ޙައްޔު ޤުރުއާންކުލާސް

ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ އަޝްހަމް އަޙްމަދު ވަޙީދު، ތިނަދޫ ސްކޫލް

ކީސްޓޭޖް 3 ބަލައިގެން ކިޔެވުމުގެ ގޮފިން

ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ  ޒީކް އިބްރާހިމް ލުޠުފީ، ގދ. އަތޮޅު ތައުލީމީ މަރުކަޒު

ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ޢާއިޝަތު ރުދައިނާ މުޙައްމަދު ރަފީޢު، ގދ. އަތޮޅު ތައުލީމީ މަރުކަޒު

ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ  ޢައިޝަތު އައިލީން ޢަލީ، ގދ އަތޮޅު މަދަރުސާ

ކީސްޓޭޖް 3 ނުބަލައި ކިޔެވުމުގެ ގޮފިން

1ވަނަ 2 ވަނަ އަދި 3 ވަނަ ލިބޭވަރަށް އެއްވެސް ބައިވެރިޔަކަށް މާރކްސް ލިބިފައި ނުވޭ

ކީސްޓޭޖް 4 ބަލައިގެން ކިޔެވުމުގެ ގޮފިން

ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ  މަރްޔަމް އަމްނާ މުޙައްމަދު ޝަރީފް، ގދ އަތޮޅު މަދަރުސާ

ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ  ޢާއިޝަތު ޢަޒާ ބިންތި ޟަމްރަތު ޖަޢުފަރު، ގދ އަތޮޅު މަދަރުސާ

ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ  ލުއުލުއާ ބިންތި އަޙްމަދު ޞިޔާޙް، މަޑަވެލި ސްކޫލް

ކީސްޓޭޖް 4 ނުބަލައި ކިޔެވުމުގެ ގޮފިން

1ވަނަ 2 ވަނަ އަދި 3 ވަނަ ލިބޭވަރަށް އެއްވެސް ބައިވެރިޔަކަށް މާރކްސް ލިބިފައި ނުވޭ

ކީސްޓޭޖް 5 ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފިން

1ވަނަ 2 ވަނަ އަދި 3 ވަނަ ލިބޭވަރަށް އެއްވެސް ބައިވެރިޔަކަށް މާރކްސް ލިބިފައި ނުވޭ

 

ޙާފިޡުންގެ ބައިން

އަލް ޙާފިޡް އާހިލް މުޙައްމަދު ޒާހިރު، ގދ. އަތޮޅު ތައުލީމީ މަރުކަޒު

ސެން ކެޓަގަރީއިން

ޔޫސުފް ސުލައިމް މުޙައްމަދު، އަބޫބަކުރު ސުކޫލް

މުޙައްމަދު އިޛާން ޢާމިރު، ގދ. އަތޮޅު ތައުލީމީ މަރުކަޒު

ޢިޒްވާ ޙުސައިން، އަބޫބަކުރު ސުކޫލް