ސްޓޭޓް މިނިސްޓަރ ނާސިހު އަތޮޅު ކައުންސިލްގެ ރައީސް އާއި ބައްދަލު ކުރައްވައިފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނާސިހް ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ އާއި ބައްދަލުކުރައްވައިފިއެވެ.

ގދ.އަތޮޅު ކައުންސިލް އިދާރާގެ މީޓީންގ ރޫމްގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ނާސިހް އާއި އެކު އެ މިނިސްޓްރީގެ  ސީނިއާ އެގްޒެކްޓިވް ޑިރެކްޓާރ މުހައްމަދު ވިފާޤު އަދި  ސީނިއާ އެގްޒެކްޓިވް ޑިރެކްޓާރ އަހުމަދު މުހައްމަދު ވަނީ ބައިވެރިވެފައެވެ.

ގދ. އަތޮޅު ކައުންސިލްގެ ރައީސް އާއި އިދާރާގެ އިސްވެރިންނާއި އެކު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ގދ.އަތޮޅުގެ ރަށްތަކުގައި ހުރި އެ މިނިސްޓްރީ އާއި ގުޅުންހުރި ތަރައްޤީ ޕްރޮޖެކްޓްތަކުގެ އަދާހަމަ  ވަނީ ޙިއްސާކޮށްފައެވެ. އަދި  ގދ.އަތޮޅުގައި ހުރި އެ މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.