ގދ.އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފި

2024 ވަނަ އަހަރަށް ލަފާކޮށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ބަޖެޓް ފާސްކޮށްފިއެވެ.

މި ބަޖެޓް ފާސްކުރެއްވީ 13 ޖެނުއަރީ  2024 ވީ ހޮނިހިރު ދުވަހު ބޭއްވުނު ގދ.އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 2024/01 ވަނަ އާންމު ބައްދަލުވުމަށް ހާޟިރުވެ ތިބި 10 މެމްބަރުންގެ އިއްތިފާގުންނެވެ.

2024 ވަނައަހަރަށް ދައުލަތުގެ ބަޖެޓަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ދައުލަތުން ދޭ “ބްލޮކް ގްރާންޓް J-GOM “11,893,945.00ރ (އެގާރަމިލިއަން އަށްލައްކަ ނުވަދިހަ ތިންހާސް ނުވަސަތޭކަ ސާޅީސް ފަސްރުފިޔާ) އާއި، އޭގެ އިތުރުން “ތިންވަނަ ފަރާތުގެ ފައިސާ L-CTPF”ފަންޑުން 2,968,369.83ރ. (ދެމިލިއަން ނުވަލައްކަ ފަސްދޮޅަސް އަށްހާސް ތިންސަތޭކަ ފަސްދޮޅަސް ނުވަރުފިޔާ އަށްޑިހަތިންލާރި) އާއި ކައުންސިލްގެ އާމްދަނީ J-LCL ” ފަންޑުން ޖުމްލަ 11,526,999.68ރ (އެގާރަމިލިއަން ފަސްލައްކަ ސައްބީސްހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ފަސްދޮޅަށް އަށްލާރި) އާއިއެކު ފަންޑުތަކަށް ލިބޭނެކަމަށް ލަފާކޮށްފައިވާ ޖުމްލަ 26,389,314.51ރ. (ސައްބީސް މިލިއަން ތިންލައްކަ އަށްޑިހަ ނުވަހާސް ތިންސަތޭކަ ސާދަ ރުފިޔާ ފަންސާސް އެއްލާރި) އެވެ. އަދި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ބަލައި 2024 ވަނަ އަހަރު ކުރެވޭނެ ކަމަށް ލަފާކުރާ ޚަރަދުތަކަކީ “ދައުލަތުން ދޭ އެހީ J-GOM” ފަންޑުން 11,423,398.10ރ. (އެގާރަ މިލިއަން ހަތަރުލައްކަ ތޭވީސް ހާސް ތިންސަތޭކަ ނުވަދިހަ އަށްރުފިޔާ ދިހަލާރި) އާއި “ތިންވަނަ ފަރާތުގެ ފައިސާ L-CTPF”ފަންޑުން 2,540,305.00ރ. (ދެމިލިއަން ފަސްލައްކަ ސާޅީސްހާސް ތިންސަތޭކަ ފަސްފުރިޔާ) އާއި “ކައުންސިލް އާމްދަނީ ފަންޑް J-LCL” ފަންޑުން ޖުމްލަ 10,716,801.42ރ (ދިހަމިލިއަން ހަތްލައްކަ ސޯޅަހާސް އަށްސަތޭކަ އެއްރުފިޔާ ސާޅީސްދެލާރި) އާއިއެކު ފަންޑުތަކުން ކުރެވޭ ޚަރަދުގެ މުޅި ޖުމްލަ 24,680,504.52ރ (ސައުވީސް މިލިއަން ހަލައްކަ އަށްޑިހަހާސް ފައްސަތޭކަ ހަތަރު ރުފިޔާ ފަންސާސްދެލާރި) އެވެ.

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ބަޖެޓަކީ ލިބޭ އާންމްދަނީއަށް ވުރެ 6.48 އިންސައްތަ 1,708,809.89ރ (އެއް މިލިއަން ހަތްލައްކަ އަށްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ އަށްޑިހަނުވަލާރި) ޚަރަދު ކުޑަ ބަޖެޓެކެވެ. 2023 ވަނަ އަހަރުގެ ފާސް ކުރެވުނު ބަޖެޓަކީ 22،881،567.39ރ (ބާވީސް މިލިއަން  އަށްލައްކަ އަށްޑިހައެއްހާސް ފަތްސަތޭކަ ފަސްދޮޅަސް ހަތްރުފިޔާ ތިރީސްނުވަލާރި) އެވެ.

2024 ވަނަ އަހަރަކީ މިހާތަނަށް މިކައުންސިލުން އާމްދަނީ ލިބޭނެކަމަށް ލަފާކޮށް އެންމެ ގިނަ ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާ އަހަރެވެ.