ގދ.އަތޮޅު ކައުންސިލުން މިލަދުންމަޑުލު އުތުރުބުރީއަށް ކުރި ތަޖުރިބާ ދަތުރު ނިންމާލައިފި

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ފަރާތުން މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރި ތަޖުރިބާ ދަތުރު ނިންމާލައިފިއެވެ.

ގދ.އަތޮޅު ކައުންސިލްގެ ނައިބްރައީސް ޙުސައިން ވާރިޝް އާއި, އަތޮޅު ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި، ގދ،އަތޮޅު ބައެއް ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ބައިވެރިވި މި ދަތުރު ފަށާފާއި ވަނީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.

އެގޮތުން ށ.އަތޮޅު ގެ ބާރަ ރަށަކަށް އަތޮޅު ކައުންސިލްގެ ޓީމް ވަނީ ވަޑައިގެންފައެވެ. އެގޮތުން އަތޮޅު ކައުންސިލްގެ ޓީމް ވަނީ ށ. ފުނަދޫ، ކަނޑިތީމް ، ޅައިމަގު، މާއުނގޫދޫ، ފޯކައިދޫ، މަރޮށި، ފީވަށް، ނަރުދޫ، ބިލެތްފަހި،  ގޮއިދޫ އަދި މިލަންދޫ އަށް ދަތުރު ކޮށްފައެވެ.

އަތޮޅު ކައުންސިލުގެ ޓީމް ރަށްރަށަށް ވަޑައިގަތުން، އެރަށްރަށުން ވަނީ ހޫނު މަރުޙަބާ އެއް ދަންނަވާފައެވެ. ގދ.އަތޮޅު ކައުންސިލްގެ ނައިބްރައީސް ވަނީ އެރަށްރަށުން ކިޔުއްވީ ހޫނު މަރުހަބާއަށާއި، މެހުމާންދާރީއައި ބެހެއްޓެވި ގާތްކަމަށް ޝުކުރު ދަންނަވާފައެވެ.

އެރަށްރަށުގެ ކައުންސިލްތަކާއި ބައްދަލު ކުރައްވާ ދެ ކައުންސިލްގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ. އަދި މިހާރު ކައުންސިލުތަކުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް, ރައްޔިތުންނަށް ލުއިފަސޭހަ ވާނޭ ގޮތަކަށް ޚިދުމަތްތަށް ދިނުމުގައި އަމަލު ކުރެވިދާނެގޮތްތަކާ ގުޅޭގޮތުން ވެސް ކައުންސިލް ތަކާއި އެކު ވަނީ މަޝްވަރާކުރެވިފައެވެ.

ގދ.އަތޮޅު ކައުންސިލުގެ ތަޖުރިބާ ދަތުރުގައި ށ.އަތޮޅުގެ އަތޮޅު ކައުންސިލާއިއެކު ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. ށ.އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ބޭއްވި މި ބައްދަލުވުމުގައި ދެ ކައުންސިލްގެ ހިންގުމުގެ ނިޒާމް ހުރިގޮތާއި، މަސައްކަތްތައް ރޭވިފައި ހުރިގޮތުގެ އިތުރުން ށ.އަތޮޅު ކައުންސިލްގެ މަސައްކަތް ކުރިއަށް ދާގޮތުގެ މަޢުލޫމާތު ވަނީ ޙިއްސާ ކުރެވިފައެވެ. މީގެއިތުރުން ގދ.އަތޮޅު ކައުންސިލްގެ ޓީމް ވަނީ ށ.އަތޮޅު ކައުންސިލްގެ އިދާރީ މަސައްކަތް ހިނގަމުންދާގޮތް ބަލައި ތަޖުރިބާ ޙިއްސާ ކޮށްފައެވެ.

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ފަރާތުން މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރި ތަޖުރިބާ ދަތުރު ނިންމަވާލެއްވީ މި ޑިސެމްބަރ މަހުގެ 03 ވަނަ ދުވަހުއެވެ.