”ގދ އަތޮޅު ކައުންސިލް ޤުރްއާން މުބާރާތް 2024“ މިއަހަރު ތިނަދޫ ސިޓީގައި ބޭއްވުމަށް ވަނީ ހުޅުވާލެވިފަ
ގދ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން ”ގދ އަތޮޅު ކައުންސިލް ޤުރްއާން މުބާރާތް 2024“ އަންނަ ނޮވެމްބަރ މަހުގެ 06 އިން 09 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މަޤްސަދަކީ ދަރިވަރުންގެ ހިތުގައި ޤުރްއާނަށް ލޯބިޖައްސައި އަދި ޤުރްއާނުގެ ޢިލްމު ލިބިފައިވާ މުޖުތަމަޢުއެއް ބިނާކުރުމެވެ. ގދ އަތޮޅުގެ ހުރިހާރަށެއްގެ ސްކޫލް މަދަރުސާކާއި ޤުރްއާން ކިލާސްތައް އަދި ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިގެން މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީގައެވެ. މިގޮތުން އަމިއްލަ ގޮތުން މުބާރާތުގައި ކިޔެވުމަށް ސިޓީ އަދި އަތޮޅުގެ ކޮންމެ ރަށަކުން ބައިވެރި ވެވޭނީ ގިނަވެގެން 10 ބައިވެރިންނަށެވެ. އަދި މީގެ އިތުރުން ހާފިޡުން އަދި ޚާއްސައެހީއަށް ބޭނުންވާ ފާރާތްތަކަށް ވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ސްކޫލް މަދަރުސާތަކުގެ ރަޖިސްޓްރޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޯބަރ 13 ވާ އާދިއްތަ ދުވަހުގެ 14:00 ގެކުރިންނެވެ. އަދި އަމިއްލަފަރާތްތަކާއި ޤުރްއާން ކިލާސް އަދި ކްލަބް ޖަމްޢިއްޔާތަކުން ބައިވެރިވާ ފަރާތްތަކުގެ ޓީމް ރަޖިސްޓްރޭޝަން އަދި ފޯމް ހުށަހަޅަން ޖެހޭ ސުންގަނޑިއަކީ 2024 އޮކްޓޯބަރ 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަންތައް، ހާރޑް ކޮޕީ ފޯރމެޓްގައި ހުށަހަޅުއްވާނީ، މި ކައުންސިލުގެ ރިސެޕްޝަނަށެވެ. އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، އިދާރާގެ އީމެއިލް އެޑްރެސް އަށް admin@gaafudhaalu.gov.mvމެއިލް ކުރެއްވޭނެއެވެ. ސުންގަނޑި ހަމަވުމަށްފަހު ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެއެވެ.